ޚަބަރު

ސިޓީ ދޫކޮށް ރޭންޑާރސް ސައުދީ ލީގަށް


  • []

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓަރ ސިޓީ އަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ ތިޔާނީ ރޭންޑާރސް އެ ކްލަބު ދޫކޮށް ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް ގަދްސިޔާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ މިޑްފީލްޑަރ އަލް ގަދްސިޔާއަށް ބަދަލުވެފައިވަނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށެވެ. ރޭންޑާރސް މެންޗެސްޓަރ ސިޓީ އާއި ގުޅިފައިވަނީ މިދިޔަ ހޫނު މޫސުމުގައި އިޓަލީގެ އޭސީ މިލާނުން 46.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

ސިޓީ އާއި ގުޅުމަށްފަހު ރޭންޑާރސް ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި އޭނާއަށް ވަނީ އެންމެ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ. ސިޓީ އަށް ކުޅެދިން 47 މެޗުގައި އޭނާއަށް ޖެހިފައިވަނީ 7 ލަނޑެވެ.

ރޭންޑާރސް މެންޗެސްޓަރ ސިޓީ އިން ދޫކޮށްފައިވާއިރު, އެ ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި އެންޒޯ މަރެސްކާ ދަނީ ޓީމަށް ބަދަލުތަކެއް ގެންނަމުންނެވެ. ވަކިން ހާއްސަކޮށް އެ ޓީމުގެ މެދުތެރެ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ސިޓީން ދަނީ ޗެލްސީއަށް ކުޅެމުންދާ އާޖެންޓީނާގެ މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޗެލްސީ އިން ވަނީ މިއަދުގެ ލަންޑަނުގެ ގަޑިން ހަވީރު 5 ޖެހުމާއި ހަމައަށް އެންޒޯ ފެނާންޑޭޒް ބޭނުންނަމަ 120 މިލިއަން ޕައުންޑުގެ ފީއެއް ހުށައެޅުމަށް މުހުލަތެއް ދީފައެވެ.

ރޭންޑާރސް ވަނީ ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގައި ވާދަކުރި ނެދަލޭންޑްސްގެ ސްކޮޑުގައި ހިމެނި ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ތިން މެޗުގައިވެސް ކުޅެފައެވެ.