ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމާއެކު، 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެފައިވަނީ ށ.މާއުނގޫދޫ، ފެހިވިލާގެ، އުމުރުން 28 އަހަރުގެ މުޙައްމަދު ފާރިޤުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވުމާއި ގުޅިގެން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު އިއްވާފައެވެ. ކޯޓު ހުކުމުގައިވަނީ އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާކުރާކަމަށް ކަނޑައަޅާފައެވެ.
މި މީހާ މަސްތުވާތަކެތީގެ ބާވަތެއް ރާއްޖެއަށް އެތެރެކުރިކަމުގެ މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ. މައްސަލައިގެ ތަޙުގީގު ނިންމާ ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ. މިމައްސަލައިގެ ހުކުމްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.