ޚަބަރު

ދޯންޏެއް ފަރަށް އަރައިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަނީ


  • ފަރަށްއެރީ 6 މީހުންނާއެކު ދަތުރުކުރި "އުރަފާ" ކިޔާ ޑައިވިންގ ދޯންޏެއް

  • ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް ދަނީ މަސައްކަތް ކުރަމުން

6 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިގެން މީހުން ސަލާމަތްކުރަން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ "އުރަފާ" ނަމަކަށްކިޔާ ޑައިވިންގ ދޯނި ފަރަށް އަރާފައިވަނީ ހދ.ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށްކަމަށެވެ.

އެދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.