ޚަބަރު

ޗެލްސީ ދޫކޮށް ޗަލޮބާ އިޓަލީގެ ކޯމޯ އަށް ސޮއިކޮށްފި


ޗެލްސީގެ ޑިފެންޑަރ ޓްރެވާ ޗަލޮބާ އިޓަލީގެ ކޯމޯ އަށް ސޮއިކޮށްފި އެވެ.

އިންގްލޭންޑަށް އުފަން އުމުރުން 27 އަހަރުގެ ޗަލޮބާ ކޯމޯ އަށް ބަދަލުވެފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 30 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ކޯމޯ އިން ވަނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނުން ފުރުސަތު ހޯދާފައެވެ.

ޗަލޮބާ ވިއްކާލުމާއިއެކު ޗެލްސީ އަށް 25.7 މިލިއަން ޕައުންޑް ފުރަތަމަ ލިބިގެންދާއިރު 5.1 މިލިއަން ޕައުންޑް އެޑްއޮންގެ ގޮތުގައި ފަހުން ލިބޭނެއެވެ. މިދިޔަ ޖޫން މަހުން ފެށިގެން ކޯމޯ އިން ވަނީ ޗަލޮބާ ހޯދުމަށް މަސައްކަތް ކޮށްފައެވެ.

ކޯމޯގެ ކޯޗު ސެސް ފްބްރިގާސް ބުނެފައިވަނީ ޗަލޮބާ އަކީ އެ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އަދި އޭނާ އަކީ އެ ކްލަބުން އުންމީދުކުރާ އެންމެ މަތީ ފަންތީގައި ވާދަކުރުމުގެ ތަޖުރިބާ ހުރި ކުޅުންތެރިއެއް ކަމަށެވެ.

ފެބްރިގާސް ޗެލްސީ އަށް ކުޅުނުއިރު އޭނާ އާއިއެކު ޗަލޮބާވެސް ވަނީ ޗެލްސީއަށް ކުޅެފައެވެ.

ނިމިގެންދިޔަ ވޯލްޑްކަޕްގައި ވާދަކުރި އިންގްލެންޑްގެ ސްކޮޑުން އެންމެ ފަހުވަގުތު ފުރުސަތު ލިބުނު ޗަލޮބާ ވަނީ ގައުމީ ޓީމަށް 2 މެޗު ކުޅެފައެވެ. ނަމަވެސް ޗެލްސީ އަށް 151 މެޗު ކުޅެދީފައިވާއިރު އޭނާ ވަނީ އެ ކްލަބާއިއެކު ފަސް މުބާރާތް ކާމިޔާބުކޮށްފައެވެ.

ކުރިން ޗެލްސީ އާއި އާސެނަލް އަށްވެސް ކުޅެފައިވާ ސެސް ފެބްރިގާސްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ކޯމޯ އިން ޗަލޮބާ ގެންދަން ނިންމާފައިވާއިރު, އޭނާ އަކީ ފާއިތުވެދިޔަ 20 އަހަރު ދުވަހު ޗެލްސީގެ ކުޅުންތެރިއެކެވެ. ޗަލޮބާ ޗެލްސީގެ އެކަޑަމީ އާއި ގުޅިފައިވަނީ އުމުރުން އެންމެ 7 އަހަރުގައެވެ.