ޚަބަރު

މަރެސްކާ އަކީ ސިޓީއަށް ބަރާބަރު ކޯޗެއް: ގްވާޑިއޯލް


  • އާކޯޗާއެކު އިންޓަރ މިލާން އަތުން ބަލިވި

މަރެސްކާ އަކީ ސިޓީއަށް ފިޓް، ބަރާބަރު ކޯޗެއް ކަމަށް ޑިފެންޑަރ ޖޮސްކޯ ގްވާޑިއޯލް ބުނެފިއެވެ.

އާސީޒަނަށް ތައްޔާރުވުމަށް ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޓަރމިލާން އަތުން ބަލިވި މެޗަށްފަހު ގްވާޑިއޯލް ބުނީ މަރެސްކާއަށްވެސް ވަގުތު ދޭން ޖެހޭ ކަމަށެވެ. ލެޖެންޑަރީ ކޯޗ ޕެޕް ގާޑިއޯލާ ކްލަބް ދޫކޮށްލުމުން، މަގާމާ ހަވާލުވި މަރެސްކާ އޮތީ އުނދަގޫ ދަތުރެކެވެ. ގާޑިއޯލާ ސިޓީއަށް ހޯދައިދިން ކާމިޔާބުތަކުގެ ސަބަބުން އާކޯޗު މަރެސްކާއަށް އޮތް ޕްރެޝަރު ބޮޑެވެ. ގްވާޑިއޯލް ބުނީ މަރެސްކާ އަކީ ފެންވަރު ރަނގަޅު ކޯޗެއް ކަމަށެވެ. ސިޓީއާ އޭނާ ހަވާލުވީ ސަބަބެއް އޮވެގެން ކަމަށް ގްވާޑިއޯލް ބުންޏެވެ. ކްރޮއޭޝިޔާގެ ޑިފެންޑަރު ބުނީ މަރެސްކާއަކީ ކޮލިޓީ ކޯޗެއް ކަމަށެވެ. އަދި އާހިޔާލުތަކާއެކު ގެންނަ ބަދަލު ބަލަން ކެތްތެރިވާން ޖެހޭކަމަށް ބުންޏެވެ.

ގްވާޑިއޯލް ބުނީ ކުޅުންތެރިންވެސް ކޯޗަށް އެހީތެރިވާން ޖެހޭ ކަމަށާއި، ވީއެންމެ އަވަހަކަށް ކޯޗުގެ ސްޓައިލަށް ހޭނެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ކޯޗާ ބައްދަލުވެ ސިޓީން ކުޅޭނެ ސްޓައިލްއާއި އޭނާގެ އެނބުރި އައުމާ އަދި ގާޑިއޯލާއާއެކު ކުޅުނު ގޮތާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށްވެސް ގްވާޑިއޯލް ބުންޏެވެ.

ގްވާޑިއޯލް ވަނީ އާކޯޗާއެކު ޓީމްގެ ކެޕްޓަނަކަށް އައްޔަންކުރާނެ ކުޅުންތެރިއަކާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އެއީ ސިޓީގެ ކެޕްޓަން ބާނާޑޯ ސިލްވާ ރެއާލް މެޑްރިޑަށް ބަދަލުވެފައިވާތީއެވެ. ގްވާޑިއޯލް ބުނީ އާ ކެޕްޓަނަކަށް ސްޕެއިންގެ ކެޕްޓަން ރޮޑްރީ ނުވަތަ ޕޯޗްގަލްގެ ރުބެން ޑިއާޒްވެސް ކަނޑައަޅާފާނެ ކަމަށެވެ. އެކަމަކު ބޮޑަށް ބުރަވެވެނީ ރުބެން ޑިއާޒް އަށް ކަމަށް ބުންޏެވެ.

މިދިޔަ ހަފްތާގައި ގްވާޑިއޯލް ވަނީ ސިޓީއާއެކު އެއްބަސްވުން އިތުރު ފަސް އަހަރަށް އާކޮށްފައެވެ. މިދިޔަ ސީޒަންގެ ބޮޑުބައި އަނިޔާގައި ހޭދަކުރަން ޖެހުނަސް ނިމިގެންދިޔަ ވަރލްޑްކަޕްގައި އެނބުރި އައެވެ.