ޚަބަރު

އޭޝިއަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 28 ފެތުންތެރިން


  • މުބާރާތް އޮންނާނީ ބެންކޮކުގައި

  • މުބާރާތް އޮންނާނީ މިމަހުގެ 17އިން 25އަށް

12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ފެތުންތެރިންގެ ޓީމު ބައިވެރިވެއްޖެއެވެ.

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ޓީމުގައި ޖުމްލަ 28 ފެތުންތެރިން ހިމެނެއެވެ. އެއީ 16 ފިރިހެން ފެތުންތެރިންނާއި 12 އަންހެން ފެތުންތެރިންނެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން:

  • އަޒާން އަޒްމީލް ލަތީފް
  • ދާނިޔަލް އަމީން ފައިސަލް
  • އިބްރާހިމް ޖޫދު ހުސައިން
  • އިސްމާއިލް އަޖްމަލް މޫސާ ޒަމީރު
  • އިޒްޔާން ނާޒިމް
  • ލޫތު މުހައްމަދު ހުސައިން
  • މަކީން އަހްމަދު ޝަކީބު
  • އައިމަން މޫސާ ރަޝީދު
  • އިބްރާހިމް ޔުއާން ޝަމީމް
  • މުހައްމަދު އާއިޝް ސިނާން
  • ޔާސީން މުހައްމަދު ޔޫސުފް
  • އިސްމާއިލް ހާމް ހުސައިން
  • މުހައްމަދު ރާހިން ޔޫނުސް
  • ޒާކިން އަޝްރަފް ރަޝީދު
  • މުހައްމަދު އަލްޔާން ޝިފާން
  • އަލްފީ ސަމާހް ހަލީމް
  • ދާލިއާ އައިދާ ލަތީފް
  • މަރިޔަމް އަގްސާ އަސަދު ހަނީފް
  • މަރިޔަމް އައިރާ ޝިރްނީލް
  • ސާރާ މުހައްމަދު
  • ސާރާ އަހްމަދު ސައީދު
  • މަލައިކާ ލިންޑާ އިމްރާން
  • އަލްޔާ އަޝްރަފް
  • އަޔާނާ އަރީފް
  • އައިޝާ ޒާޔާ ހުސައިން
  • ފާތިމަތު އަންޖަލް ފަޔާޒް
  • އައިޝަތު އަލީނާ ޝާހިދު
  • އަލައިޔާ ޝަހުދީ އަންވަރު

މުބާރާތް ކުރިއަށްދާނީ މި ހިނގާ ޖުލައި މަހުގެ 17 އިން 25ގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ކުރި މި ދަތުރުގައި ރާއްޖޭގެ ޓީމުގެ މެނޭޖަރަކީ މުހައްމަދު ވިޝާމް އެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅެވެ. ޓީމުގެ ކޯޗުންގެ ގޮތުގައި ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރެވެ.