ޚަބަރު

ބެލިންހަމަށް ވެސް ރެކޯޑެއް


  • މުބާރާތުގައި ބެލިންހަމް 7 ލަނޑު ޖެހި

ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ކަނޑައަޅަން ކުޅުނު މެޗުގެ އިތުރު ވަގުތުގައި އިނގިރޭސި މިޑްފީލްޑަރ ބެލިންގހަމް ޖެހި ލަނޑާއެކު، އޭނާވެސް ރެކޯޑެއް ހަދައިފިއެވެ. އެލަނޑާއެކު ބެލިންގހަމް އަށް ލިބުނީ ވަރލްޑްކަޕްގެ އެއް މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑެވެ.

މީގެކުރިން މިރެކޯޑް އޮތީ ގެރީ ލިނެކަރ އާއި ހެރީ ކޭން އަތުގައެވެ. ގެރީ ލިނެކަރ 1986 ވަނަ އަހަރުގެ ވަރލްޑްކަޕްގައި އޭނާ އިނގިރޭސި ގައުމީ ޓީމަށް 6 ގޯލް ޖަހައިދިނެވެ. ހެރީ ކޭން 6 ގޯލް ޖެހީ 2028 ވަނަ އަހަރު ރަޝިޔާގައި އޮތް ވަރލްޑްކަޕްގައެވެ. އެކަމަކު ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ބެލިންގހަމް ވަނީ މިފަހަރުގެ މުބާރާތުގައި މޮޅަށް ކުޅެ، 7 ގޯލް ޖަހާފައެވެ.

23 އަހަރުގެ ބެލިންގހަމް ރެކޯޑް މުގުރާލީ ތިންވަނަ ހޮވަން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގެ 79 ވަނަ މިނިޓްގައި ކުޅެން ނިކުމެ، މެޗުގެ އިތުރު ވަގުތުގައި އިނގިރޭސިންނަށް 6 ވަނަ ގޯލް ޖަހައިދީގެންނެވެ. ކައުންޓަރގައި ކުރިއަށް އަރާ ބެލިންގހަމް ލަނޑު ޖެހީ ޑިފެންޑަރުންވެސް ނައްޓުވާފައެވެ. މެޗުގައި އިނގިރޭސި ޓީމަށް ލިބުނު ޕެނަލްޓީ ބެލިންގހަމް ޖެހުމުގެ ބަދަލުގައި ވަނީ ހެޓްރިކް ހެދުމަށް ސަކާ އަށް ފުރުޞަތު ދީފައެވެ. މެޗަށްފަހު ސަކާ ވަނީ އެކަން ފާހަގަވެސް ކޮށްފައެވެ. ސަކާ ޕެނަލްޓީ ޖަހަން ދާން ފުރަތަމަ އެެދުނީވެސް ބެލިންގހަމް ކަމަށް އޭނާ މެޗަށްފަހު ބުންޏެވެ.

މުބާރާތުގައި ބެލިންގހަމް ވަނީ ކްރޮއޭޝިޔާ، ޕެނަމާ، ނޯވޭ، ކޮޅަށްވެސް ގޯލް ޖަހާފައެވެ. މުބާރާތުގެ ލަނޑު ލިސްޓްގައި ބެލިންގހަމް ހުރީ އެމްބާޕޭ އާއި މެސީގެ ފަހަތުން ތިންވަނައިގައެވެ. އިނގިރޭސި ކުރީގެ ގިނަ ކުޅުންތެރިންވެސް މިހާރު ގަބޫލުކުރަނީ ބެލިންގހަމް އަކީ އެގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.