ވިލިމާލޭގައި ހިނގި މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވުމާގުޅިގެން ފަރުވާ ދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހަވީރު 15:12 ހާއިރުކަމަށެވެ.
ވިލިމާލެ، ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މި މާރާމާރީގައި 4 މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަނިޔާވެފައިވަނީ އުމުރުން 18 އަހަރު، 22 އަހަރު، 27 އަހަރު އަދި 31 އަހަރުގެ ދިވެހި 4 ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.