މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ ސަސްޕެންޑުކޮށްފިއެވެ.
ޖުޑިޝަލް ސާރވިސް ކޮމިޝަނުން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ ސަސްޕެންޑުކޮށްފައިވަނީ އޭނާއާ ގުޅޭގޮތުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ބާވަތަށާއި ތަހުޤީގަށް ހޯދާފައިވާ މައުލޫމާތައް ބަލައި ޝަރުއީ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ޖުޑިޝަލް ސާރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، މިއަދުން ފެށިގެން މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުވުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީއިން ވިދާޅުވިއެވެ.
މިގޮތަށް ނިންމާފައިވަނީ، އެ ކޮމިޝަންގެ 22 ވަނަ ބައްދަލުވުމުގައެވެ.