ޚަބަރު

ކުރުކުޗޫނާ ފުޓްސެލް ޗެލެންޖް: ސެމީ ފައިނަލް ކަށަވަރުކުރަން މުހިންމު މެޗުތަކެއް


  • މިއަދު ކުޅޭނީ ދެ ގުރޫޕުގެ ޓީމުތަކަށްވެސް މުހިންމު މެޗުތަކެއް

  • މިއީ 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މުބާރާތެއް

މިހާރު ކުރިއަށްދާ "ކުރުކުޗޫނާ ފުޓްސެލް ޗެލެންޖް 2026" ގެ ސެމީ ފައިނަލް މެޗުތައް ކަށަވަރު ކުރުމަށް މުހިންމު މެޗުތަކެއް މިއަދު ކުޅޭނެއެވެ.

މިއަދުގެ ފުރަތަމަ މެޗުގައި، ގްރޫޕް ބީގެ "ކޮނަހާސް" ނުކުންނާނީ "އޭޕެކްސް އެސްސީ" އާ ދެކޮޅަށެވެ. ކުޅުނު ތިން މެޗުން ކޮނަހާސްއަށް 4 ޕޮއިންޓު ލިބިފައިވާއިރު، އޭޕެކްސްއަށް މުބާރާތުގައި އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެހެންކަމުން މިމެޗުން ކޮނަހަންސް މޮޅުވެއްޖެނަމަ، މިއަދުގެ ފަހު މެޗުގައި ގްރޫޕުގެ އެއްވަނަ ޓީމު، "ޔޫރަޕް" އާއި ދެވަނަ ޓީމު "ކޮރަކަލި އެފްސީ" ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތުން ކޮނަހަންސަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ތަނަވަސްވާނެއެވެ.

މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ "ޓްރާސްފަރ" އާއި "ދަ ބްލޫސް" އެވެ. މިމެޗަށް ނުކުންނައިރު، ޓްރާންސްފަރ އޮތީ ކުޅުނު ތިން މެޗުން ލިބުނު 5 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައިގައެވެ.

ދަ ބްލޫސް އޮތީ 2 މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. އެހެންކަމުން މި މެޗަކީ ދެޓީމަށްވެސް މޮޅުވުން މަޖުބޫރު މެޗަކަށް ވާނެއެވެ. މިއަދުގެ ތިންވަނަ މެޗުގައި ގްރޫޕް އޭގެ އެއްވަނަ ޓީމު، "ވެސްޓަރން އެފްސީ". ގްރޫޕުގެ ތިންވަނަ ޓީމުކަމަށްވާ "ދޯކާ އެފްސީ" އާ ދެކޮޅަށް ނުކުންނާނީ އިތުރު މޮޅެއް ހޯދައި، އެއްވަނައިގައި ހަމަޖެހިލުމަށެވެ.

"ސެންސް" އެންޖީއޯއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމެއް ވާދަކުރެއެވެ. މުބާރާތް ކުރިއަށްދާނީ 27 މެއި - 2 ޖޫން އަށް، ނައިފަރު ފުޓްސެލް ސްޓޭޑިއަމްގައެވެ.