ޚަބަރު

ޢީދު ބަންދުގައި އެފްއެސްއެމްގެ ޝެޑްތައް ހުޅުވާ ގަޑިއަށް ބަދަލުތަކެއް


  • ޢީދު ދުވަހާއި ޙައްޖު ދުވަހު ޝެޑްތައް ހުޅުވާނީ މެންދުރުފަހުން

  • 24 ގަޑިއިރު ޚިދުމަތް ދޭ ތަންތަން ވަކި ވަގުތުތަކެއްގައި ބަންދުވާނެ

ޙައްޖު ދުވަހާއި ޢީދު ދުވަހާއި ދިމާކޮށް ފިއުލް ސަޕްލައި މޯލްޑިވްސްއިން ތެޔޮ އަޅައި ދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްއިން ވަނީ، މާލެއާއި އަތޮޅުތަކުގައި އެކުންފުނިން ޚިދުމަތް ދޭ ފިއުލް ޝެޑްތަކާއި ތެޔޮ އަޅާ އެހެން މަރުކަޒުތަކުގެ ޚިދުމަތް ދޭ ގަޑިތަކަށް ޙައްޖު ދުވަހާޢި ޢީދު ދުވަހު ބަދަލުތަކެއް ގެނެސްފައެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްއިން 24 ގަޑިއިރު ޚިދުމަތް ދޭ ޝެޑު ކަމަށްވާ ހުޅުމާލެ ފޭސް 1ގެ ޕެޓްރޯލް ޝެޑާއި، މާލެ ސްޓެލްކޯ ކައިރީ ހުންނަ ޝެޑު މި ދެދުވަހު ވަކި ގަޑިތަކެއްގައި ބަންދު ކުރާ ގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން ޙައްޖު ދުވަހު ބަންދު ކުރަން ނިންމާފައިވަނީ، ހެނދުނު 10:00 އިން މެންދުރު 14:00 އާއި ހަމައަށެވެ. އަދި އަޟްޙާ ޢީދު ދުވަހު 6:00 އިން ފެށިގެން 14:00އާއި ހަމައަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އޭގެފަހުން އާންމުކޮށް 24 ގަޑިއިރު ޚިދުމަތް ދޭނެ ކަމަށް އެފްއެސްއެމްއިން ވިދާޅުވިއެވެ.

އެފްއެސްއެމްއިން ތިލަފުއްޓާއި، އައްޑޫސިޓީ ގަމުގެ އިތުރުން ތިނަދޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހިންގާ ފިއުލް ޝެޑްތަކުން މިދުވަސްތަކުގައި ޚިދުމަތް ދޭނީ، 14:00 އިން 22:00 އަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ހުރި އީޒީ ފިލް 2 އަދި އީޒީ ފިލް 4 އިން 14:00 ފެށިގެން 23:00 އާއި ހަމައަށް ދޭނެ ކަމަށް ވިދާޅުވިއެވެ.

އެކުންފުނިން އިތުރު 8 ރަށެއްގައި ދަނީ، ޚިދުމަތް ދެމުންނެވެ. އެ ރަށްތަކުގައި ޚިދުމަތް ދޭނީ، 14:30 އިން 23:00 އަށް ކަމަށް ވިދާޅުވިއެވެ.

އެފްއެސްއެމް ޚިދުމަތް ދޭ ރަށްތައް

* ހއ. އިހަވަންދޫ
* ހދ. ހަނިމާދޫ
* ށ. މިލަންދޫ
* ރ. ދުވާފަރު
* ބ. އޭދަފުށި
* ފ. ނިލަންދޫ
* ދ. މީދޫ
* ދ. ކުޑަހުވަދޫ

ޢީދު ދުވަހާއި ޙައްޖު ދުވަހު އެފްއެސްއެމްއިން އެއްގޮތަކަށް ނުހުޅުވާނީ، މިފްކޯގެ ފެސިލިޓީތަކުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭން ޤާއިމްކޮށްފައިވާ ތަންތަނެވެ. އެގޮތުން ފެލިވަރާއި، ކޫއްޑޫ އަދި ސ. ހުޅުދޫމީދޫގައި ޤާއިމްކޮށްފައިވާ ތަންތަން މި ދެދުވަހު ނުހުޅުވާނެ ކަމަށް އެފްއެސްއެމްއިން ވިދާޅުވިއެވެ.