ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ދަށުން ހިންގާ ދިވެހި އެފްއެމްގެ "ދިވެހި އެފްއެމް އެވޯޑްސް" ހަފްލާ ބާއްވައިފިއެވެ.
ދިވެހި އެފްއެމް އެވޯޑްސްގައި މިއަހަރު ދީފައިވަނީ 10 އެވޯޑެކެވެ.
އަމިއްލަވަންތަ ދިވެހި ރާގުތަކާއި އެކި އުމުރުފުރާތަކަށް ކަމުދާނެ ތަފާތު އިހުސާސްތަކުގެ އަމިއްލަ ރާގުތައް އުފެއްދުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަންނާނުންގެ އަގު ވަޒަންކުރުމަށް ދިވެހި އެފް އެމުން ވަނީ ދިވެހި އެފް އެމް އެވޯޑްސްގެ ނަމުގައި އެވޯޑެއް ތައާރަފްކޮށްފައެވެ.
"ދިވެހި އެފް.އެމް އެވޯޑްސް"ގެ ނަމުގައި 2021ވަނަ އަހަރު ދޭން ފެށި އެވޯޑު މިފަހަރު ކުރިއަށްގެންގޮސްފައިވަނީ ބޮޑެތި ބަދަލުތަކާއެގުގައެވެ.
ދިވެހި އެފްއެމް އެވޯޑްސް 2025 ޚާއްސަކޮށްފައިވަނީ ދިވެހި އަމިއްލަ ރާގުތަކުގެ ލަވަތަކަށެވެ. އެގޮތުން 2021، 2022، 2023 އަދި 2024ވަނަ އަހަރު އުފައްދާ އާންމުންނާ ހަމަޔަށް ގެނެސްދީފައިވާ އަމިއްލަ ރާގުގެ ލަވަތަކަށް ޚާއްސަކޮށް 9 ކެޓަގަރީއަކުން ވާދަކުރުމަށް ފަންނާނުންނަށް ހުޅުވާލި ފުރުސަތުގައި 19 އެޕްލިކޭޝަނެއް އެވޯޑަށް ލިބިފައިވެއެވެ.
ދިވެހި އެފްއެމް އެވޯޑްސް ދީފައިވާ ކެޓަގަރީތަކަށް ބަލާއިރު، އެންމެ މޮޅު ފިރިހެން އަދި އަންހެން ލަވަކިޔުންތެރިޔާ، އެންމެ މޮޅު ލަވަ، އެންމެ މޮޅު ބޭންޑް ނުވަތަ ގްރޫޕް ލަވަ، ޅެންވެރިކަމުގެ ގޮތުން އެންމެ މޮޅު އަމިއްލަ ރާގުގެ ލަވަ، އެންމެ މޮޅު އަމިއްލަ ރާގު، އެހުންތެރިން އެންމެ ގިނައިން ރިކުއެސްޓްކުރި އަންހެން އަދި ފިރިހެން ލަވަ، އަދި އެހުންތެރިންގެ އެންމެ މަޤްބޫލު ލަވަ ހިމެނެއެވެ.
ދިވެހި އެފްއެމް އެވޯޑްސްގައި މިއަހަރު ދީފައިވަނީ 10 އެވޯޑެކެވެ.
ދިވެހި އެފްއެމްގެ އެވޯޑް ދީފައިވާ ދާއިރާތަކުގެ ތެރެއިން އެހުންތެރިން އެންމެ ގިނައިން ރިކުއެސްޓްކުރި ލަވަ އަދި އެހުންތެރިންގެ އެންމެ މަޤްބޫލު ލަވަ ހޮވާފަވާނީ ދިވެހި އެފްއެމްގެ އޮންއެއާރ ތަފާސްހިސާބުތަކަށް ބަލައިގެންނެވެ.
އަދި އެހެނިހެން ދާއިރާތަކުން އެވޯޑުތައް ދީފައިވަނީ 3 ފަނޑިޔާރުންގެ މައްޗަށް އެކުލެވުނު ޕެނަލަކުން ދީފަވާ މާކުސް ގެ 50 އިންތައާއި އެހުންތެރިން ދީފަވާ ވޯޓް ގެ 50 އިންސައްތައާއި އެކުގައެވެ.