"ރާއްޖެ ޖޫނިއަރ" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ސެމީގެ ޖާގައެއް ކަލާފާނު ސްކޫލުން ހޯދައިފިއެވެ.
މުބާާރާތުގެ ކުއާޓަރ ފައިނަލުގެ ކަލާފާނުން ކާމިޔާބު ކުރީ ގުރައިދޫ ސުކޫލާ ވާދަކޮށް 2-0 ލަނޑުންނެވެ.
ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްލެކްސްގައި އިއްޔެ ކުޅުނު ކުއާޓަރގެ ކަލާފާނުން ވަނީ މިމެޗުގެ ކޮންމެ ހާފެއްގައި އެއް ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގައި ދެ ޓީމަށްވެސް ގޯލުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. ވަކީން ހާއްސަކޮށް، މެޗުގެ 58 ވަނަ މިނެޓުގައި ކަލާފާނަށް ލިބުނު ފުރުސަތު ފާހަގަކުރެވެއެވެ. މުޅިން ހުސްކޮށްހުރި ކަލާފާނު ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ހޯދާފައިވަނީ އދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން މާފުށީ ސްކޫލުންނެވެ. އދ.އަތޮޅު ތައުލީމީ މަރުކަޒު، ސެމީ ފައިނަލަށް ގޮސްފައިވަނީ އިއްތެ ކުޅުނު ކުއާޓަރ ފައިނަލުގައި ޢިމާދުއްދީން ސްކޫލުގެ މައްޗަށް 0-4 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
މާފުށީ ސްކޫލުން ސެމީއަށް ގޮސްފައިވަނީ ކުއާޓަރގައި ފަހަތުން އަރައި، 1-2 ގެ ނަތީޖާއިން މަޖީދިއްޔާ ސްކޫލް ބަލިކޮށްގެންނެވެ.