ނައްތާލާ ނޫޓުތައް ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރާ ކުރެހުމުގެ މުބާރާތަކާއި ސުވެނިއަރ ފަރުމާ ކުރުމުގެ މުބާރާތެއް މަރުކަޒީ ބޭންކު، އެމްއެމްއޭއިން އިފްތިތާޙްކޮށްފިއެވެ.
"ކްރާފްޓެޑް ބައި ކަރަންސީ - ޝްރެޑެޑް ނޯޓްސް ރީއިމޭޖިންގް"ގެ ނަމުގައި ކުރިއަށް ގެންދާ މި 2 މުބާރާތުގެ އުފެއްދުންތައް ތައްޔާރު ކުރަން ބޭނުން ކުރާނީ، ބޭނުން ނުކުރާ، ކުދިކޮށް ކޮށާފައިވާ ޕޮލިމަރ ބޭންކް ނޫޓުތަކެވެ. މިއީ އީޖާދީ އަދި މާނަވީ އުފެއްދުންތަކެއް މިތަކެތި ބޭނުންކޮށްގެން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށް އެމްއެމެއްއޭއިން ވިދާޅުވެއެވެ.
މަރުކަޒީ ބޭންކުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ރީސައިކަލް ކުރުމުގެ އިސްނެގުމުގެ ދަށުން އިންތިޒާމުކުރާ މި މުބާރާތަކީ އުކާލެވޭ ނޫޓުތަކުގެ މާއްދާތައް، ފަންނުވެރިކަމާއި ޑިޒައިންގެ ތެރެއިން އާ ބޭނުމަކަށް ބަދަލުކުރުން ކަަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.
މިފަހަރު އުފެއްދުންތައް ތައްޔާރުކޮށް ހުށަހެޅުމަށް މައިގަނޑު ދެ ގިންތިއެއްގެ ތެރެއިން ވަނީ މިހާރު ވަނީ ހުޅުވާލާފައެވެ. އެއީ "ސުވެނިއަރ ޑިޒައިން އެންޑް ޕްރޮޑަކްޝަން" މުބާރާތާއި "އާޓްވޯކް" މުބާރާތެވެ. ސުވެނިއަރ މުބާރާތުގައި ބައިވެރިވެވޭނީ ކުދިކޮށް ކޮށާފައިވާ ނޫޓު ބޭނުންކޮށްގެން، ރަސްމީ ހަނދާނީ ހަދިޔާގެ ގޮތުގައި ގިނަ އަދަދަކަށް އުފެއްދިދާނެ ތަކެއްޗަށެވެ. އާޓްވޯކް މުބާރާތް ޚާއްޞަކޮށްފައިވަނީ ކުދިކޮށް ކޮށާފައިވާ ނޫޓުތައް މައިގަނޑު މާއްދާއެއްގެ ގޮތުގައި ބޭނުންކޮށްގެން ތައްޔާރުކުރާ ތަފާތު ފަންނީ އުފެއްދުންތަކަށް ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
މި ދެމުބާރާތުގައި އަމިއްލަ ފަރުދުންނަށާއި، ޓީމުތަކާއި، ފަންނުވެރިންނާއި، ޑިޒައިނަރުންނަށް އަދި ވިޔަފާރިތަކަށް ހުޅުވާލާފައިވާ ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންނަށް ކޮންމެސް އެއް މުބާރާތަކަށް ނުވަތަ ދެ މުބާރާތުގައިވެސް، ބައިވެރިވެވިދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
ޝޯޓްލިސްޓްކުރެވޭ ހުރިހާ ޕްރޮޓޯޓައިޕްތަކާއި އާޓްވޯކްތައް، އެމް.އެމް.އޭ އިން އިންތިޒާމުކުރާ "ފައިނޭންޝަލް އެކްސްޕޯ 2026" ގައި ދައްކާލެވޭނެއެވެ.
މި ދެމުބާރާތައްވެސް ވަނީ ހާއްސަ އިނާމްތަކެއް ކަނޑައަޅާފައެވެ. އެގޮތުން 15،000ރ. އާއި ހަމައަށް އިނާމް ކަނޑައެޅިފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
އެއްވަނަ: 10,000 ރުފިޔާ
ދެވަނަ: 5,000 ރުފިޔާ
ތިންވަނަ: 3,000 ރުފިޔާ
މި މުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް މަރުކަޒީ ބޭންކަށް ބޭނުންވާ ސުވެނިއަރ އުފެއްދުމުގެ ފުރުޞަތު ވަކި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ލިބޭނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
އެއްވަނަ: 15,000 ރުފިޔާ
ދެވަނަ: 10,000 ރުފިޔާ
ތިންވަނަ: 5,000 ރުފިޔާ
ބައިވެރިވާން އެދޭ ފަރާތްތަކުން ޕްރޮޕޯސަލްތަކާއި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތައް 14 މެއި 2026 ނިޔަލަށް [email protected] އަށް އީމެއިލް ކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.