މޫސުން ގޯސްވުމާއި ގުޅިގެން ކ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ކ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެން ފަތިހު 5:00 ޖެހުމާއި ހަމައަށެވެ.
ރީނދޫ ސަމާލު ނެރެފައިވާ ވަގުތުގައި ބާރަށް ގުގުރުން އެކަށިގެންވާކަމަށްވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.