ޚަބަރު

ޤައުމީ ނެޓްބޯޅަ މުބާރާތް ފަށައިފި


  • މި މުބާރާތް ކުރިޔަށްދާނީ 30 އޭޕްރީލްގެ ނިޔަލަށް

  • ފުރަތަމަ ޑިވިޝަނުގެ 4 ޓީމާއި ދެވަނަ ޑިވިޝަނުގެ 12 ޓީމު ވާދަކުރޭ

ނެޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 23 ވަނަ ޤައުމީ ނެޓުބޯޅަ މުބާރާތް ފަށައިފިއެވެ.

ނެޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ 4 ޓީމާއި ދެވަނަ ޑިވިޝަނުގެ 12 ޓީމު ވާދަކުރާ ކަމަށެވެ.

އޭޕްރީލް 19-30 ގެ ނިޔަލަށް ބާއްވާ މި މުބާރާތުގެ ކުޅުން ކުރިޔަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަކީ ކުލަބު މެޓްރިކްސް، ސީ ގްރީން ސްޓްރީޓްސް، ކޭވައިއާރްސީ އަދި އެމްވީ ނެޓާސްއެވެ.

ދެވަނަ ޑިވިޝަނުގެ ޓީމުތައް 3 ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އޭގައި ހިމެނެނީ ސުޕަ ޖެން ސީ، ޔޫތް ޔުނައިޑެޓް ސީ އެސް، ސީ އެސް ޝައިނިންގް ސްޓަރ އަދި ސީ އެސް ސްކައިލާކްއެވެ.

ގުރޫޕް ބީގައި ހިމެނެނީ ކުލަބް އެން ސްޕޯޓްސް، ޒެނިތް ސްޕޯޓްސް ކުލަބް، އިންވިކްޓޯ ސްޕޯޓްސް ކުލަބް އަދި ޔުނައިޓެޑް ޔުނިޓީ އެސް ސީއެވެ.

ގުރޫޕް ސީގައި ހިމެނެނީ އެން ސްޕޯޓްސް އެކަޑަމީ، އާޖީލަކަށް، ފިއޮންތި ސްޕޯޓްސް ކުލަބް އަދި ބްލެކް ޕެންތާސް ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ފުރަތަމަ ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސުޕަރ ޖެން ސީ އާއި ޔޫތު ޔުނައިޓެޑް ކުލަބެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ އެސް ސީ ޝައިނިން ސްޓަރ އާއި އެސް ސީ ސްކައިލާކެވެ.

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ މެޗުތައް ފެށުމަށް ހަމަޖެހިފަވަނީ އަންނަ ހުކުރު ދުވަހެވެ.