ޚަބަރު

ރީޖަނަލް ލީގު: ހުރާ ސެމީއަށް، މީދޫއަށް މޮޅެއް


  • މަހިބަދޫއާ ދެކޮޅަށް ކުޅެ ހުރާއިން މެޗު ކާމިޔާބުކުރީ 1-2 އިން

  • މުލަކުގެ މައްޗަށް މީދޫއިން ކުރިހޯދީ 0-3 އިން

މިހާރު ކުރިއަށްދާ އެފްއޭއެމް ރީޖަނަލް ލީގުގެ ސެންޓްރަލް ރީޖަންގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް، ކ. ހުރާއިން ސެމީ ފައިނަލުގެ ޖާގައެއް ހޯދިއިރު، ދ. މީދޫއިން މުހިންމު މޮޅެއް ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު ޒޯން އެކެއްގެ ކޮލިފައިން މެޗުގައި އދ. މަހިބަދޫގެ އަމިއްލަ ފަސްގަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު، ކ. ހުރާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ޒޯން ދޭއްގައި ދ. މީދޫއިން މ. މުލަކުގެ މައްޗަށް ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ސެންޓްރަލް ރީޖަންގެ ޒޯން އެކެއްގައި ހިމެނެނީ، އދ. މަހިބަދޫ އާއި ކ. ހުރާގެ އިތުރުން ކ. ހިންމަފުށި އަދި އއ. ތޮއްޑޫއެވެ.

ސެންޓްރަލް ރީޖަންގެ ޒޯން 2އަށް ބަލާއިރު، މި ޒޯނުގައި ދ. މީދޫ އަދި މ. މުލަކުގެ އިތުރުން ހިމެނެނީ، ވ. ކެޔޮދޫ، މ. ވޭވައް، ދ. ކުޑަހުވަދޫ އަދި ފ. ނިލަންދޫ އެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ޒޯން ދޭއްގެ ސެމީފައިނަލަށް، ދ. މީދޫ ދަތުރުކޮށްފައި ވާއިރު، މި ޒޯނުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ 24 އަދި 25 އޭޕްރީލްގައެވެ.

ޒޯން އެކެއްގެ ފައިނަލް މެޗު އޮންނާނީ، 25 އޭޕްރީލްގައެވެ.