ޚަބަރު

ރައީސް އޮފީހުގެ ވަޒީރު ޢަލީ އާރިފް އިސްތިއުފާ ދެއްވައިފި


  • އާރިފް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަލީ އާރިފް އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޒީރުން ފެންވަރުގައި ޢައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޢަލީ އާރިފް ހިމެނި ވަޑައިގަންނަވައެވެ. އޭނާ އިސްތިއުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ޢަލީ އާރިފްއަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.