ޚަބަރު

ދަރިވަރަކު ޓީޗަރަކަށް ހަމަލާދިން މައްސަލައެއް


  • ޒަޚަމްވެފައިވަނީ ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ ޓީޗަރެއް

ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ ޓީޗަރަކަށް އެ ސްކޫލުގެ ދަރިވަރަކު ހަމަލާ ދިނުމުން އަނިޔާވެ ޓީޗަރަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ސްކޫލުގައި ކިޔަވައިދޭ އިންޑިއާގެ އަންހެން ޓީޗަރަކަށް ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް މިއަދު ހެނދުނު 11:46 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވަކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ޓީޗަރަށް ރަށުގެ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެމައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާކަމަށެވެ.