މިއަދު ކުރިއަށްދާ 3 ވޯޓުގައި 10 ޖެހުމާ ހަމައަށް 41 ހާހަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލާން ފެށީ ހެނދުނު 8 ޖެހިއިރެވެ. މަދު މަރުކަޒުތަކެއްގައި ހުރި ވޯޓު ފޮށިތައް ފިޔަވާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ގިނަ ވޯޓު ފޮށިތަކުގައި ހެނދުނު 8 ޖެހިއިރުވަނީ ވޯޓުލުން ފެށިފައެވެ.
— Elections Commission (@ElectionsMv) April 4, 2026
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 10 ޖެހުމާ ހަމައަށް 41162 މީހަކުވަނީ ވޯޓު ލާފައެވެ. މީގެ ތެރޭގައި 16166 އަންހެނުން އަދި 24996 ފިރިހެނުން ހިމެނެއެވެ.
މިއަދުގެ އިންތިޚާބުތަކުގައި ވޯޓު ލުމުގެ ޙައްގު ލިބިގެންވާ 294876 މީހަކަށްވަނީ ލިބިފައެވެ. އާންމުނަށް ވޯޓުލެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 588 ވޯޓު ފޮށިވަނީ ބަހައްޓާފައެވެ. ވޯޓު ލުން ކުރިއަށްދާނީ މިއަދު ހަވޯރު 4 ޖެހުމާ ހަމައަށެވެ.