އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ޖަޕާނާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިވެއްޖެ އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ހަތްދިހަ ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަކީ ވޯލްޑްކަޕްގެ ކުރިން އެ ގައުމު ކުޅޭ އެކުވެރިކަމުގެ ފަހު މެޗެވެ.
ތޫމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިންގްލެންޑް އިން މި މެޗަށް ނިކުތްއިރު އެ ޓީމުގެ ކެޕްޓަން އަދި ފޯވަޑް ހެރީ ކޭން އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެފައެއް ނުވެއެވެ. މި މެޗުގައި ހެރީ ކޭން ނެތްތަން ފޫބެއްދުމަށް އެ މަގާމަށް ކުޅުވާފައިވަނީ ފިލް ފޯޑެން އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 23 ވަނަ މިނިޓުގައި ޖަޕާނުން ކާމިޔާބުކުރި ލަނޑެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބްރައިޓަން އަށް ކުޅެމުންދާ ކައޮރޫ މިޓޯމާ އެވެ.
އުރުގުއޭ އާއި ދެކޮޅަށް މިދިޔަ ހަފްތާގައި އިންގްލެންޑް ކުޅުނު މެޗު އެއްވަރުވެފައިވާއިރު, މި މެޗަށް ޓުޗެލް ޓީމު ނެރެފައިވަނީ 10 ބަދަލަކާ އެކުގައެވެ.
މި މެޗުން އިންގްލެންޑް ބަލިވެފައިވާއިރު ބައިކޮޅަށް ލަނޑެއް ވަނަނުދީ ޕިކްފޯޑް ދަމަހައްޓަމުން އައި ރެކޯޑް ވަނީ 10 މެޗަށްފަހު ނިމުމަކަށް އައިސްފަ އެވެ.