ޢީދާއި ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ޢީދު އަބަދުވެސް ހަދަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޢީދަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ ސަގާފަތާއި ދިވެހިވަންތަ އެތައް ރިވެތި އާދަކާދައަކާ ލާމެހިފައިވާ ޚާއްޞަ މުނާސަބާއެއްކަމަށެވެ.
މުސްލިމުންނަށް އަންނަ ދެ ޢީދަކީވެސް ދިވެހި އިސްލާމީ މުޖްތަމަޢާ ކޮންމެ އަހަރަކު ބައްދަލުވާ އެންމެ އުފާވެރި ފޯވައްސަށްވުމަކީ އުންމީދެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދަޅުވީ، ކާބަފައިންގެ ޒަމާނުއްސުރެ ޢީދާއި ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ޢީދު އަބަދުވެސް ހަދަންވާނެކަމަށެވެ.
ޢީދަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ ސަގާފަތާއި ދިވެހިވަންތަ އެތައް ރިވެތި އާދަކާދައަކާ ލާމެހިފައިވާ ޚާއްޞަ މުނާސަބާއެއް.
— Dr Mohamed Muizzu (@MMuizzu) March 19, 2026
މުސްލިމުންނަށް އަންނަ ދެ ޢީދަކީވެސް ދިވެހި އިސްލާމީ މުޖްތަމަޢާ ކޮންމެ އަހަރަކު ބައްދަލުވާ އެންމެ އުފާވެރި ފޯވައްސަށްވުމަކީ އަޅުގަނޑުގެ… pic.twitter.com/LJ0kWO5Viv
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަން. pic.twitter.com/dgJbGJmoZD
— First Lady Sajidha Mohamed (@sajidhaamohamed) March 19, 2026
ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. pic.twitter.com/BWvLlbABkk
— Hussain Mohamed Latheef (@HucenSembe) March 19, 2026
"ޢީދު ހަވީރު 1447"ނަމުގައި ސަރުކާރުގެ ކުންފުނިތަކާއި އިދާރާތައް ގުޅިގެން މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.
ޢީދު ހަވީރު 3 ދުވަހަށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އެއީ، ޢީދު ދުވަހާއި އެއާއި ވިދިގެން އަންނަ 2 ދުވަހެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، ގްރޭޓަރ މާލޭގެ 4 ސަރަޙައްދެއްގައެވެ.