1447ވަނަ އަހަރުގެ ފިތުރު ޢީދު ނަމާދު، މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ. މީގެއިތުރުން 25 މިސްކިތެއްގައިވެސް އީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
ފަހަކަށް އައިސް ފިޠުރު ޢީދާއީ އަޟްހާ ޢީދު ނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާޢަތުގައި އަންނަނީ ކުރަމުންނެވެ. އެގޮތުން، މާލެ ސަރަހައްދުގެ މާލެއާއި، ވިލިމާލެ އަދި ހުޅުލޭގައިވެސް މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ފިތުރު ޢީދު ނަމާދު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާނެ ކަމަށެވެ. އެގޮތުން، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމްއާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައި ބޮޑު ޖަމާޢާތުގައި ނަމާދު ކުރާނެެއެވެ.
ބޮޑު ޖަމާޢަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި ފިތުރު ޢީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު، ޖުމްލަ 24 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ވިިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، މަސްޖިދުއް ސަލާމުގައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދުކުރެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދިމާވަނީ މި މަހުގެ 20ވާ ހުކުރު ދުވަހާއެވެ.