ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި ދަރިވަރުންގެ ސަލާމަތާ ރައްކާތަރެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅާނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ވުޒާރާއިން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ބަލަމުންދާކަމަށެވެ.
ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތައް އަޅަމުންދާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ސަރަޙައްދުގެ މަޝްރަޙައް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ކަމާގުޅޭ އެކި އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމުދޭ މަރުކަޒުތަކާއި ގުޅިގެން، ހާލަތުގެ މަޢުލޫމާތު އޮޅުންފިލުވާ ފޯރުކޮށްދެމުންދާކަމަށްވެސް ވިދާޅުވިއެވެ. ވުޒާރާއިން ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައިވެސް، ދަރިވަރުންގެ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށެވެ.