ޚަބަރު

ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ޢުމްރާއަށްދާ ފަހު ގްރޫޕް ޖިއްދާއަށް


  • ޢުމްރާކުރުމަށް 316 މީހަކު ގޮސްފައިވޭ

  • ފްލައިޓް ޖިއްދާއަށް ޖައްސާފައިވަނީ ރާއްޖެ ގަޑިން ހެނދުނު 07:54ގައި

ރަމަޟާން މަހުގެ ފަހު 15 ގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި މައްކާއަށްދާ ފަހު ގްރޫޕް ޖިއްދާއަށް ގޮސްފިއެވެ. ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 500 އަށްވުރެ ގިނަ ޢުމްރާވެރިން މިއަހަރުގެ ރަމްޟާން މަހުގެ ޢުމްރާއަށްވަނީ މައްކާއަށް ގޮސްފައެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހުގެ ފަހުގެ 15 ގައި ޢުމްރާކުރުމަށް 316 މީހަކުވަނީ ގޮސްފައެވެ. ރާއްޖެ ގަޑިން ރޭ މެންދަމު 02:20 ހާއިރު ފުރައިގެން ޖިއްދާއަށް ޢުމްރާވެރިންނާއެކު ދަތުރުކުރި ސަޢުދީއާގެ ފްލައިޓް ޖައްސާފައިވަނީ ރާއްޖެ ގަޑިން ހެނދުނު 07:54 ގައެވެ.

ޓްރެފިކް ބާރު ބޮޑުނުވާނަމަ ގާތްގަނޑަކަށް 2 އިރުގެ ދަތުރަކަށްފަހު މައްކާއަށް ދެވޭނެކަމަށްބެލެވޭކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. ޢުމްރާވެރިންގެ ޙާލު ޢަންމުގޮތެއްގައި ފެންނަނީ ރަނގަޅަށެވެ. އެއަރޕޯޓުން މިހާރު ޢުމްރާވެރިން ދަނީ ބަހުގައި މައްކާއަށް ދިޔުމަށް ތައްޔާރުވަމުންނެވެ.

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރަމަޟާން މަހާ ދިމާކޮށް ޖުމްލަ 553 ފަރާތަކުންވަނީ ޢުމްރާއަށް ދިޔުމަށްވަނީ ހަމަޖެހިފައެވެ.