މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެ ޤައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޚާއްޞަކޮށް ހަމަލާ އަމާޒުވަމުންދާ ޤައުމުތަކުގައި ތިބި ދިވެހީން ބޭރަށް ނިކުމެ އުޅުން ވީހާވެސް މަދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ ޤައުމެއްގެ ސަރުކާރުން ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރެއްވުމަށްވެސް ވަނީ އިލްތިމާސްކުރައްވަފައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އެ ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު އެ ވުޒާރާއާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށެވެ.
އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ ދިވެހިން، އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދިފައިވެއެވެ.
މީގެއިތުރުން އެމްއޭސީއެލްއިންވެސް ވަނީ މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޢިލްތިމާސްކުރައްވާފައެވެ. އެގޮތުން، އެއާޕޯޓަށް ވަޑައިގެންނެވުމުގެ ކުރިން ފަސިންޖަރުން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މަޢުލޫމާތު އެއާލައިންގެ ވެބްސަޓާއި، ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެމްއޭސީއެލްއިން އެދިފައިވެއެވެ.