ޚަބަރު

ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ސިލެކްޝަން މާޗްގައި


  • ކުޅުންތެރިން ހޮވާނީ އެންމެ ފަހުގެ ޤައުމީ ރޭންކިންއަށް ބަލައިގެން

  • މި މުބާރާތް އޮންނާނީ އޭޕްރީލްމަހު އިންޑިއާގައި

ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 އަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ސިލެކްޝަން މާޗް ގައި ފަށަން ނިންމައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ކުޅުންތެރިން ކަނޑައެޅުމަށް ސިލެކްޝަން ކުރިޔަށް ގެންދާނީ 26-27 މާރޗް އަށް ހެންވޭރު މުނިއުފާގައި ހުންނަ މާލޭ ޓީޓީ ހޯލްގައެވެ.

ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކުޅުންތެރިން ހޮވުމުގައި ބަލާނީ އެންމެ ފަހުގެ ޤައުމީ ރޭންކިންއަށެވެ. އެއީ ފެބުރުވަރީ 3-11 އަށް ކުރިޔަށްގެންދިޔަ މި އަހަރުގެ ފުރަތަމަ ރޭންކިންއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވަނީ ޖާގައިގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ. ކުރިން މިމުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ މޭމަހުގެ ތެރޭގައި ޕާކިސްތާނުގައެވެ. އެހެންނަމަވެސް މިހާރު ވަނީ އިންޑިއާއަށް މުބާރާތް ބަދަލުކޮށްފައެވެ. މިހާރު މުބާރާތް ވާނީ އޭޕްރީލުގައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ތާރީހާއި ރާއްޖެއަށް ލިބޭ ޖާގައިގެ އަދަދު ސާފުވިހާ އަވަހަކަށް އެކަން ކުޅުންތެރިންނަށް އަންގާނެ ކަމަށާއި، އޭގެ ކުރިން ގެންދާ ސިލެކްޝަން މިހާރު ކަނޑައަޅާފައިވާ ތާރީހުތަކުގައި އޮންނާނެ ކަމަށެވެ.

މިއަހަރު ޓޭބަލް ޓެނިހުގައި ރާއްޖެއިން ބައިވާން ނިންމާފައިވާ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތެރޭގައި ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އިތުރުން ޖޫން 22-28 އަށް ޕިޔޮންގޔަންގައި ބާއްވާ އޭޝިއާ ޔޫޓް ޗެމްޕިއަންޝިޕް ހިމެނެއެވެ.

އަދި ސެޕްޓެމްބަރުގައި ޖަޕާނުގެ ނަގޯޔާގައި ބާއްވާ 20 ވަނަ އޭޝިއަން ގޭމްސް އާއި އޮކްޓޫބަރުގައި އުޒްބަކިސްތާނުގައި ބާއްވާ އޭޝިއަން ޗެމްޕިއަންޝިޕާއި ނޮވެމްބަރުގައި ބާއްވާ 6 ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް - ރެޕިޑް 2026 ގައި ބައިވެރިވާނެއެވެ.