ޚަބަރު

މެޓްޒް ބަލިކޮށް ޕީއެސްޖީން ލެންސްއާ ފަރަގު ބޮޑުކޮށްފި


ފްރެންޗް ލީގުގައި މެޓްޒްގެ މައްޗަށް ހޯދި މޮޅާއެކު ޕީއެސްޖީން ލީގު ތާވަލުގެ ދެވަނައިގައި އޮތް ލެންސް އެފްސީއާ ދެމެދު އޮތް ފަރަގު، ދެ ޕޮއިންޓަށް ބޮޑުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ޕީއެސްޖީން މެޓްޒްގެ މައްޗަށް ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު، މެޗު ފަށައިގެން ތިންވަނަ މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑެސަޔާ ޑޫއޭ އެވެ.

ޕީއެސްޖީން ދެވަނަ ލަނޑުޖެހީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޑްލީ ބާކޯލާއެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑަކީ ދެވަނަ ހާފުގައި، މެޗުގެ 77 ވަނަ މިނެޓުގައި ގޮންޒާލޯ ރާމޯސް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މޮޅާއެކު ޕީއެސްޖީން ވަނީ ކުޅުނު 23 މެޗުން 54 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ދެވަނައިގައި އޮތް ލެންސް އަށް 23 މެޗުން 52 ޕޮއިންޓު ލިބިފައިވެއެވެ.

މެޗުން ބަލިވި މެޓްޒް، 23 މެޗުން 13 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފުލުގައެވެ.