އައްޑޫ ސިޓީގައި ވަޒިފާ އަދާކުރަމުންދާ ސްރީލަންކާގެ ރައްޔިތަކު މިއަދު އިސްލާމްވެއްޖެއެވެ.
އައްޑޫ ސިޓީ ފޭދޫގެ ނަޔާ ސެލޫނުގައި މަސައްކަތް ކުރަމުން އައި މި މީހާ އިސްލާމްވެފައިވަނީ މިއަދު އަސުރު ނަމާދަށްފަހުއެވެ. އޭނާ އިސްލާމްވީ އަސުރު ނަމާދަށްފަހު ފޭދޫގެ ބޮޑު މިސްކިތުގައެވެ.
ސްރީލަންކާގެ މި މީހާ އިސްލާމްވި ވީޑިއޯ ސޯޝަލް މީޑިއާގައި "މިސްކަތު ފައުންޑޭޝަން" އިން ވަނީ ހިއްސާކޮށްފައެވެ. ވީޑިއޯގައި ފެންނަ ގޮތުގައި އޭނާއަށް ޝަހާދަށް ލައިދީފައި ވަނީ އެ މިސްކިތުގެ އިމާމެވެ.
އޭނާ އިސްލާމް ވުމަށްފަހު އޭނާގެ ނަން އަބްދުﷲ އާދަމްއަށް ބަދަލުކޮށްފައިވާކަމަށް މިސްކިތު ފައުންޑޭޝަނުން ވަނީ ބުނެފައެވެ.