ޚަބަރު

އަރްކަޑާގް ބަލިކޮށް އަލްނަސްރު ކުއާޓަރ އަށް


  • މެޗުން ނަސްރު މޮޅުވީ 0-1 އިން

  • ކުއާޓަރގައި ނުކުންނަން ޖެހޭނީ ދުބާއީގެ އަލް ވަސްލްއާ ދެކޮޅަށް

އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގައި ތުރުކެމިނިސްތާނުގެ އަރްކަޑާގް އަތުން ހޯދި ހަނި މޮޅާއެކު ސައުދީ އަރަބިއްޔާގެ އަލް ނަސްރު، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި ވެސް އަލް ނަސްރު ވަނީ 0-1 އިން މޮޅުވެފައެވެ. މި މެޗަށް ވެސް އަލް ނަސްރު ނުކުތީ ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. އާދައިގެ ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އަލް ނަސްރުން ލަނޑު ޖެހީ މެޗުގެ ދެވަނަ މިނެޓުގައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުއްރަޙްމާން ޤަރީބެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ. މި މޮޅާއެކު އަލް ނަސްރު ކުއާޓަރ ފައިނަލަށް ދަތުރުކުރިއިރު ކުއާޓަރގައި އެ ޓީމު ނުކުންނާނީ ދުބާއީގެ އަލް ވަސްލް އެފްސީއާ ދެކޮޅަށެވެ.

މި މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.