ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ރިޓަޔަރ ކުރައްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން ރިޓަޔަރ ކުރެއްވިކަން އެމަނިކުފާނު ވަނީ ސޯޝަލް މީޑީއާގައި ހިއްސާކުރައްވާފައެވެ.
ޚިދުމަތުގައި 32 އަހަރެއްހާ ދުވަހުގެ ޚިދުމަތަށްފަހު ރިޓަޔަރ ކުރެއްވިކަން ހާމަކުރައްވައި ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްމާޢީލް ނަވީން ވިދާޅުވީ އިއްޔެ ރިޓަޔަރކުރެއްވުމަށްފަހު ޚިދުމަތުން ވަކިވެވަޑައިގެންނެވީ ޚިދުމަތާ ގުޅުނު އިރުވެސް މުއައްސަސާއަށް ކުރި އިޙްތިރާމާއި ގަދަރުކުރާ ހާލު ވަޠަންދެކެ ލޯބިވާ މީހެއްގެގޮތުގައި ހުންނަވައިގެންކަމަށެވެ. އަދި މިވީ ދިގު މުއްދަތުގެ ތެރޭގައި ޤައުމަށް ޚިދުމަތްކުރުމަލީ ކިބިވަޑާއިގެންނެވި ފަޚުރެއްކަން ނަވީން ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގައި 30އަށްވުގެ ގިނަ އަހަރު ހޭދަކުރައްވާފައިވާ އިސްމާޢީލް ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ހުޅުވާލުމުން ކުރިމަތިލީ 3 ބޭފުޅުންގެ ތެރެއިން ނަވީން އެމަޤާމަށް އައްޔަންކުރެއްވިއިރު އޭނާ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.
އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި ނަވީން ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި ނަވީން މަސައްކަތް ކުރައްވާފައިވާކަމާށް ފުލުހުން ވިދާޅުވިއެވެ.