އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމާއި ގުޅިގެން ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވެވީ، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲގެ ނަމެވެ.
މިމައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމީޓީން އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އާ ކުރި އިންޓަވިއުގައި 84 އިންސައްތައަށްވުރެ ގިނަ މާކްސް އޭނާއަށް ވަނީ ހޯއްދަވާފައެވެ. އަދި ޝަކުވާ ހުޅަހެޅުމަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ މިވަގުތު ހުންނެވީ، ޙައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަޤާމުގައެވެ.
ރިފްޢަތު ޢަބްދުﷲ އިލެކްޝާންސް ކޮމިޝާނުގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދާއި، ކޮމިޝަނުގެ ނާއިބު ރައީސް، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އަދި މެންބަރު ޙަސަން ޒަކަރިއްޔާގެ އިތުރުން މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލްއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާނީ މިމަހުގެ