މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ މަސްވެރިންނަށް 11.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިމަހުގެ މިހާތަނަށް މިފްކޯއަށް 280އަށްވުރެ ގިނަ ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަައް ދައްކާގޮތުގައި މިމަހުގެ މިހާތަނަށް މިފްކޯއަށް 285 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. އަދި އެ ދޯނިތަކަށް މުޅި ޖުމްލަ 11،816،436 ރުފިޔާ ވަނީ ދޫކޮށްފައެެވެ.
މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ، މިމަހުގެ 7ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު މިފްކޯއަށް މަސްކިރުވި 26 ދޯންޏަކަށް މުޅި ޖުމްލަ 1،469،010 ރުފިޔާ ވަނީ ދޫކޮށްފައެވެ.
* 253 ދޯނި
* 9،750،533 ރުފިޔާ
* 101 ދޯނި
* 582،288 ރުފިޔާ
* 127 ދޯނި
* 1،483،605 ރުފިޔާ
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
ސަރުކާރުން ދަނީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާ ކުރުމުގެ ޤާބިލްކަން ދެގުނަ ކުރުމަށާއި، ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، މި ސިނާޢަތް ސިންދަފާތު ކުރުމަށްވެސް ޕްލޭންތަކެއް ހަދައި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.