13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ 1500 މީޓަރު ދުވުމުގެ ސީނިއާ އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުގެ ހުސެއިން ރިޒާ ހޯދައިފިއެވެ.
މާލޭ ކުޅިވަރު އެކުވެނީގައި އޮތް މި އިވެންޓުގެ ފައިނަލްގައި 9 އެތުލީޓުންނާއި ވާދަކޮށް ހުސެއިން ރިޒާ އެއްވަނަ ހޯދީ 4 މިނިޓް 16.96 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި ކެޓަގަރީގެ 2 ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑްގެ އައިދު ޢަބްދުﷲ ރިފާއުއެވެ. އައިދު ރޭސް ނިންމީ 4 މިނިޓް 18.26 ސިކުންތުންނެވެ.
ތިންވަނަ ހޯދީ 4 މިނިޓް 23.84 ސިކުންތުން ރޭސް ނިންމި ޓްރެކް އެންޑް ފީލްޑްގެ މުޙައްމަދު އާޔަން ޝަފީއުއެވެ.
އަންހެނުންގެ 1500 މީޓަރު ދުވުމުގެ ސީނިއާ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދެވެ. އޭނާ ރޭސް ނިންމީ 5 މިނިޓް 15.53 ސިކުންތުންނެވެ.
ދެވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ބިންތް އަހުމަދެވެ. އޭނާ ރޭސް ނިންމީ 5 މިނިޓް 22.48 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ތިންވަނަ ހޯދީ ރަނިންމޯޑް އެތުލެޓިކްސްގެ އާމިނަތު ޖާއިޝާ ޖުނީޒެވެ. އޭނާ ރޭސް ނިންމީ 5 މިނިޓް 38.95 ސިކުންތުންނެވެ. މި އިވެންޓުގައި ޖުމްލަ 6 އެތުލީޓުން ވާދަކުރިއެވެ.
16 އަހަރުން ދަށުގެ 1500 މީޓަރު ދުވުމުގެ ފިރިހެން ކުދިންގެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސާއިދު ސްޕޯޓްސްގެ އިސްމާޢީލް މުލްހަމް އާޒިމެވެ. އޭނާ ރޭސް ނިންމީ 4 މިނިޓް 45.10 ސިކުންތުންނެވެ.
ދެވަނަ ހޯދީ އައްޑޫ އެތުލެޓިކްސްގެ އާހިލް އިބްރާހީމް މޫސާއެވެ. އޭނާ ރޭސް ނިންމީ 4 މިނިޓް 52.04 ސިކުންތުންނެވެ.
ތިންވަނަ ހޯދީ ސާއިދު ސްޕޯޓްސްގެ އިބްރާހީމް މަސްރޫރް އަހުމަދެވެ. އޭނާ ރޭސް ނިންމީ 5 މިނިޓް 04.80 ސިކުންތުންނެވެ. މި އިވެންޓުގެ ފައިނަލްގައި ވާދަކުރީ ޖުމްލަ 9 އެތުލީޓުންނެވެ.
16 އަހަރުން ދަށުގެ 1500 މީޓަރު ދުވުމުގެ އަންހެން ކުދިންގެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސާއިދު ސްޕޯޓްސްގެ ކްލާރާ ސެރީނާ އާސިފެވެ. އޭނާ ރޭސް ނިންމީ 5 މިނިޓް 47.82 ސިކުންތުންނެވެ.
މި އިވެންޓުގެ ދެވަނަ ހޯދީ ސާއިދު ސްޕޯޓްސްގެ ކައިރާ އަފްރާހް ގާސިމެވެ. އޭނާ ރޭސް ނިންމީ 5 މިނިޓް 54.13 ސިކުންތުންނެވެ.
ތިންވަނަ ހޯދީ ޝަރީފް ސްޕޯޓްސްގެ އާމިނަތު އީލާފް ހަސަންއެވެ. އޭނާ ރޭސް ނިންމީ 5 މިނިޓް 58.62 ސިކުންތުންނެވެ. މި އިވެންޓުގެ ފައިނަލްގައި ވާދަކުރީ ޖުމްލަ 12 އެތުލީޓުންނެވެ.