ޚަބަރު

ސައިރެކްސް ކޮލެޖް ކައިރީ ހުރި ގެެއެއްގައި އަލިފާނުގެ ހާދިސާއެއް


  • އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވޭ

ސައިރެކްސް ކޮލެޖް ކައިރީ ހުރި ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާޏް ރޯވީ ގަލޮޅު ސައިރިކްސް ކައިރީ ހުރި ހަދަމުންދާ އިމާރާތެއްގައިކަމަށެވެ.

މި ހާދިސާގެ ރިޕޯޓް މިރޭ 23:22 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ކުރެވުނީ 23:56 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.