ޚަބަރު

ދެމީހެއްގެ ދެމެދު ހަމަނުޖެހުމެއް ހިނގައި، އެކަކަށް ތޫނު އެއްޗަކުން ޙަމަލާދީފި


  • މިމާރާމާރީގައި އަނިޔާވީ، 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް

  • 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވޭ

ދެމީހެއްގެ ދެމެެދު ހިނގި ޒުވާބެއްގެ ތެރެއިން ހަމަނުޖެހުމެއް ހިނގައި، އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 އެހާކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މިހަމަނުޖެހުން ހިނގާފައިވަނީ، 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މާރާމާރީގައި ދެމީހުންނަށްވެސް އަނިޔާވެފައިވާތީ ދެމީހުންނަށްވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްކަން އެނގިފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުން ދަނީ، ތަޙުޤީޤު ކުރަމުންނެވެ.