ވިލުންތެރިކަމާއި އީޖާދީ ހޯދުންތަކާއެކު އެއިޑްސްގެ ނުރައްކަލާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސްގެ އަނބިކަނބަލުން މިހެން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރާއިރު، ވިލުންތެރިކަމާއި އީޖާދީ ހޯދުންތަކާއެކު އެއިޑްސް ބަލީގެ ރިސްކުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި އެއިޑްސް ބަލިން ރައްކާތެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތައް ހޭލުންތެރިކޮށް، މިބައްޔާ ދެކޮޅަށް ރައްޔިތުން ބާރުވެރިކުރެވޭނީ ގުޅިގެން ކުރާ މަސައްކަތުންކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެއިޑްސް ބައްޔަށް ހޭލުންތެރިވެ، ކޮންމެ ރައްޔިތަކަށްވެސް ފަރުވާދެވޭކަން ކަށަވަރުކުރެވޭ މާޙައުލެއް ޤާއިމުކުރަން ގުޅިގެން މަސައްކަތްކުރުމަށް ފަސްޓްލޭޑީ ގޮވާލެއްވިއެވެ.
ފަސްޓް ލޭޑީ ވިދާޅުވީ ހުރިހާ އެންމެންގެ ވެސް ބައިވެރިވުމާއެކު އދ.ން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އެއްގޮތަށް 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔެއިން އެއިޑްސް ބަލި ނައްތާލެވިދާނެ ކަމަށެވެ.
As we mark #WorldAIDSDay, we are reminded of the significance of standing united with resilience, innovation, and hope to overcome the risks and vulnerabilities in the fight against #AIDS.
— First Lady Sajidha Mohamed (@sajidhaamohamed) December 1, 2025
Our shared commitment in the Maldives ensures that our communities across our islands are… pic.twitter.com/8Y7oSi3ELk
މަރު ބަލީގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކަށް ޤަބޫލުކުރެވިފައިވާ އެއިޑްސް ބަލީގެ ދުވަސް ފާހަގަކުރަނީ މި ބަލީގެ ނުރައްކަލާއި ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހުގެ ގޮތުގައެވެ.
އެއިޑްސް ބަލި ޖެހެނީ ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމާއި ސިރިންޖު ނުވަތަ ކަށިފަދަ ތަކެތި ބޭނުންކޮށްގެން މަސްތުވާތަކެތި ހަށިގަނޑަށް އިންޖެކްޓްކުރުމާއި ރައްކާތެރި ނޫން ތަޣައްޔަރުވެފައިވާ ލޭ އެޅުމުގެ ތެރޭގައެވެ. އަދި ގާތުން ތުއްތު ދަރިފުޅަށް ދިނުމުގެ ތެރޭގައިވެސް މިބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އަނެކާއަށް ބަލި ޖެހުމުގެ މަގުފަހިވެއެވެ.