ކްލަބް މޯލްޑިވްސް 18/30ގައި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބު ބައްދަލުކުރި މެޗު ސިފައިން ކާމިޔާބުކުރިއިރު، ވެމްކޯއާއި އެމްޕީއެލް ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.
ކްލަބް މޯލްޑިވްސް 18/30ގައި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ދިވެހި ސިފައިންގެ ކުލަބުގެ ރިފާއެވެ. މިމެޗުގެ ދެވަނަ ހާފްގައި ދިވެހި ސިފައިންގެ ކުލަބުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 3-0 ބަދަލުކޮށްފައެވެ.
ދެވަނަ ހާފްގެ ކުޅުމުގެ ވަރަށް ކުރީކޮޅު ދިވެހި ސިފައިންގެ ކުލަބުގެ ދެވަނަ ލަނޑު ޒަހުރާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ރިފާއެވެ. ސިފަންގެ ކުލަބުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މައިޝާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރިފާއެވެ.
18/30ގައި ވެމްކޯ އަދި އެމްޕީއެލް ބައްދަލުކުރި މެޗު ވަނީ 1-1 ން އެއްވަރުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެމްޕީއެލްގެ އިނާޝާއެވެ.
އެމްޕީއެލަށް ލަނޑުޖަހާދިނީ ބިދޭސީ ކުޅުންތެރިޔާ ފަރާހް އެވެ. އެއީ އޭނާ ގޯލުގެ ކަނަކަށް އަމާޒުކޮށް ފޮނުވާލި ބޯޅަ އަރިމަތީ ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެގެންނެވެ. ވެމްކޯގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޝާލިއާ ދިން ފާހަކުން ވަރަށް ހަމަޖެހިލާފައި ފަޒްލާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.