ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ހޯދަމުން ދިޔަ ޝަހީބު އިބްރާހީމް އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރު ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހޯދަމުން ދިޔަ ޝަހީބް އިބްރާހިމް ރޭ އަމިއްލައަށް ފުލުހުންގެ މައި މަރިކަޒަށް ހާޒިރުވުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޝަހީބް އިބްރާހިމް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 14 ވަނަ ދުވަހުގެ 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.