ފ. ނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާ ފެނުނީ ރޭ މެންދަމު 2:40 އެހާކަންހާއިރު ކަމަށާއި، އޭނާގެ ޙާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.
އާދިއްތާ ދުވަހުގެ ހަވީރު ގެއިން ނިކުތް ގޮތަށް އެކުއްޖާގެ ޚަބަރެއްނުވެގެން އާއިލާއިން ފުލުހުންނަށް ހުށައެޅީ ރޭ 10:15 އެހާކަންހާއިރުއެވެ.