ޚަބަރު

ފުޓްބޯޅައިގެ އުޖާލާ މުސްތަގުބަލެއްގެ ދޮރު ހުޅުވިއްޖެ: ވަޒީރު ރާފިޢު


ސައުތު އޭޝިއަން ސުޕަ ކަޕް 2025 ކާމިޔާބުކުރެވުމުން ދިވެހި ފުޓްބޯޅައިގެ އުޖާލާ މުސްތަގުބަލެއްގެ ދޮރު ހުޅުވިގެންދިޔަ މަންޒަރު ފެނިވަޑައިގެންފި ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާ އާއި ރާއްޖެ ވާދަކުރި ދެވަނަ މެޗަށްފަހު ލަންކާގެ ރޭސްކޯސް ދަނޑު ހުންނައވައިގެން "ފީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ ކުރިއަށް ދުވަސްތަކުގައި ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އާއި ޖޯޝު އިތުރަށް ފުޅާވެ، މިހާރަށްވުރެން ބޮޑަށް ރާއްޖެއަށް ފުޓްބޯޅަ ތައާރަފުވެ، އަދި އެފޯރި މުޅި ރާއްޖޭގެ އަށަގަތުމުގެ އާދަ ފެށިގެންދާނެ ކަމަށެވެ.

މުބާރާތުގައި ލަންކާ ޓީމު ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ވާދަވެރި މުބާރާތްތަކެއް ނެތި ރާއްޖޭގެ ޓީމުން ދެއްކި ކުޅުމުގެ ސަބަބުން ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެން ހިނގައްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިތުރަށް މަސައްކަތް ކޮށްފިނަމަ މިހާރަށްވުރެން ޓީމުގެ ކުޅުން ރަނގަޅުވެގެން ދާނެ ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

"ސްރީ ލަންކާގައި ކުޅެމުންދާ މުބާރާތްތަކަކީ އަބަދުވެސް ފޯރިގަދަ މުބާރާތްތައް، ސަބަބަކީ ފުދޭވަރަކަށް ދިވެހިން ސްރީ ލަންކާގައި އުޅުމާއި، ދެ ކޮޅުންވެސް އެހާ ފޯރިއާއެކު ސަޕޯޓަރުންގެ ސަޕޯޓު ދަނޑު ތެރެއިން ފެނިގެންދޭ ހަމަ ކޮންމެ މި ކަހަލަ ފަހަރެއްގައިވެސް." ވަޒީރު ވިދާޅުވިއެވެ.

ފުޓްބޯޅައިގައި ލަންކާއާ ރާއްޖެ އޮންނަ ފޯރިއަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ ޒަމާންވީ ގުޅުމުގެ ސަބަބުން އޮންނަ ފޯރިއެއް ކަމަށެވެ. އަދި މިއީ ފުޓްބޯޅައިގެ ތެރެއިން އުފެދުނު ބަދަހި ގުޅުމެއް ކަމަށާއި، މި މެޗުގެ ސަބަބުން މިގުޅުން އިތުރަށް އާލާވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސައުތު އޭޝިއަން ސުޕަ ކަޕުގެ މެޗުތަކާ ކުރިމަތިލިއިރު، ރާއްޖެ އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ފަސް މެޗުންވެސް އޮތީ ބަލިވެފައެވެ. ރާއްޖޭގައި ލީގު ފުޓްބޯޅަ ނެތްތާ ދެ އަހަރެއްހާ ދުވަސް ވެފައި އޮތް އިރެއްގައި، ބޭރުގެ އެކި ލީގުތަކުގައި ކުޅޭ ކުޅުންތެރިންތަކެއްގެ މައްޗަށް ބަރޯސާވެފައި އޮތް ލަންކާ އަތުން މި ހޯދީ ރަނގަޅު ކާމިޔާބެކެވެ. ޒަމާންވީ ވާދެވެރިއާ އަތުން ހޯދި މޮޅާއެކު ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުވުމުން ދެވިހެ ސަޕާޓރުންނަށް ވަނީ ހިނިތުންވުމެއް ގެނެސްދީފައެވެ.