ޚަބަރު

އާލާސްކަންފުޅެއްގައި މެޑަމް ނަސްރީނާއަށް ފަރުވާދެނީ، ޙާލުކޮޅު އަންނަނީ ރަނގަޅުވަމުން


  • ފަރުވާދެމުން އަންނަނީ އިންފެކްޝަނަކަށް

  • ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި

ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސީނާ އިބްރާޙިމް އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުންގެންދަވާކަމަށް ރައީސް މަޢުމޫނުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނުގެ އޮފީހުން ވިދާޅުވީ އެކަމަނާ އިންފެކަޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ފާއިތުވި ހަފްތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފަވާކަމަށެވެ. ފަރުވާ ކުރިއަށްދާއިރު، އެކަމަނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް، ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ރައީސް މައުމޫނުގެ އޮފީހުން ވިދާޅުވީ މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުވައްޒަފުން ދައްކަވަމުން ގެންދަވާ އޯގާތެރިކަމާއި އަޅާލުން ފާހަކުރައްވާ، އާއިލާގެ ފަރާތުން ޝުކުރު އަދާކުރާކަމަށެވެ.
އަދި ހެޔޮއެދޭ ފަރާތްތަކުންނައި އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮދުޢާއާއި މެސެޖުތަކުން އާއިލާއަށް ވަރަށް ބޮޑު ހިތްތަކަމެޖެހުމެއް ލިބެމުންދާކަމަށާއި އެކަމަށްޓަކާ އާއިލާގެ ފަރާތުން ޝުކުރުވެރިވާކަމަށެވެ.

މެޑަމް ނަސްރީނާ އިބްރާޙިމްގެ އުމުރުފުޅަކީ 75 އަހަރެވެ.