ޚަބަރު

ހައިވޭގައި ދަތުރުކުރި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓު ވެއްޖެ


  • އެކްސިޑެންޓްގައި ޕިކަޕް ކާރެއްގައި ޖެހިފައިވޭ

  • ސްޕީޑް ލިމިޓަށްވުރެ ބާރަށް ޕިކަޕް ދުއްވާފައިވާތީ ފިޔަވަޅު އަޅައިފާވޭ

ހައިވޭގައި ދަތުރުކުރި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭއިން ދަތުރުކުރި ޕިކަޕެއް ފުރޮޅު ފަޅައިގެންގޮސް ޑިވައިޑަރގައި ޖެހި ފުރޮޅާލުމުގެ ސަބަބުންކަމަށެވެ. މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:40 ހާއިރެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެއެވެ. އެހެންނަމަވެސް ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެކްސިޑެންޓުވި ޕިކަޕު ކާރެއްގައި ޖެހިފައިވާކަމާއި ނަމަވެސް ކާރަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ޕިކަޕު ދުއްވާފައިވަނީ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށްކަމުން، ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.