ޚަބަރު

ގައުމީ އެތުލެޓިކްސް މުބާރާތް: 1500 މީޓަރު މާސްޓަރސް ކެޓެގަރީގެ ރަން މެޑެލް ޢަބްދުﷲ އާއި ހުސްނާއަށް


މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދާ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ 1500 މީޓަރު ދުވުމުގެ މާސްޓަރސް ކެޓެގަރީގެ ރަން މެޑެލް ޢަބްދުﷲ ރަޝީދާއި ހުސްނާ މުޙައްމަދު ހޯދައިފިއެވެ.

ހުކުރު ދުވަހު ހަވީރު ކުރިއަށްދިޔަ ފިރިހެނުންގެ 1500 މީޓަރު ދުވުމުގެ މާސްޓަރސް ކެޓަގަރީން އައިލެންޑް ރަނަރސް މޯލްޑިވްސްގެ ޢަބްދުﷲ ރަޝީދު އެއްވަނަ ހޯދީ ހަތަރު މިނެޓު 49.73 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ދެވަނަ ހޯދީ ޓްރެކް އެންޑް ފީލްޑްގެ އަޙްމަދު ޝައްމޫން ޝަމީމެވެ. އޭނާ ރޭސް ނިންމީ 5 މިނެޓު 5.70 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތިންވަނަ ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ޢަބްދުﷲ އިބްރާީމެވެ. އޭނާ ރޭސް ނިންމީ 5 މިނެޓު 9.23 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން އަންހެނުންގެ 1500 މީޓަރު ދުވުމުގެ މާސްޓަރސް ކެޓެގަރީގެ އެއްވަނަ މެރަތަން ރަނަރސް މޯލްޑިވްސްގެ ހުސްނާ މުޙައްމަދު ހޯދީ 6 މިނެޓު 19.19 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ދެވަނަ ހޯދީ އައިލެންޑް ރަނަރސްގެ ފާތިމަތު އިބްރާހީމެވެ. އޭނާ ރޭސް ނިންމީ 6 މިނެޓު 37.19 ސިކުންތުންނެވެ. ތިންވަނަ ހޯދީ މެރެތަން ރަނަރސް މޯލްޑިވްސްގެ ޝަޒްނާ މުޙައްމަދެވެ. އޭނާ ރޭސް ނިންމާފައިވަނީ 6 މިނެޓު 40.38 ސިކުންތުންނެވެ.