ބ.ހިތާދޫގެ ރައްޔިތުންނާއި މީގެ ކުރިން ބައްދަލުވިއިރު ވައުދެވެފައިވާ ފަދައިން ހިތާދޫގައި ބޮޑު ފުޓްބޯޅަ ދަނޑެއް ހަދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ހިތާދޫގައި ބޮޑު ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް މިއަހަރުތެރޭގައި ފައްޓަވާނެ ކަމަށެވެ.
އަޅުގަނޑުމެން މިހާރު ފުޓްބޯޅަދަނޑުތައް އަދި އެހެން ދަނޑުތައްވެސް ހަދަނީ ހުރިހާކަމެއް ފުރިހަމަވާ ގޮތަށް. މި ދެންނެވި ވާހަކަ އަކީ މީގެ ކުރީގައި ރަށްރަށުގަައި ދަނޑުތައް ހަދަނީ އެކި ކުންފުންޏަށް އެކި މަސައްކަތްދީގެން” ރައީސަ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން އެ މަސައްކަތް ކުރަނީ އެގޮތަކަށް ނޫން ކަމަށާއި ސަބްބޭސް އާއި ވަށާފާރާަި ލައިޓްޖެހުމާއި އަދިވެސް އެހެނިހެންކަންކަން ފުރިހަމަކުރާގޮތަށް ކަމަށެވެ.
މީގެ އިތުރުން މިއަހަރުގެތެރޭގައި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ އަމަލީ މަސައްކަތްވެސް މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ހިތާދޫގައިވެސް މިއަހަރުތެރޭގައި އައުޑްޑޯ ޖިމްގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.