އެމެރިކާގައި މިހާރު ކުރިއަށްދާ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް އެރީނާ ސަބަލެންކާ ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ބެލަރޫސް އަށް އުފަން ސަބަލެންކާ މި މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އެމާ ރަޑުކާނޫ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ހަތެއް ހައެއްގެ ނަތީޖާއަކުން ސަބަލެންކާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު ހަތަރެއް ހައެއްގެ ނަތީޖާއަކުން ރަޑުކާނޫ ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ތިންވަނަ ސެޓުގައި ސަބަލެންކާ ވަނީ އޭނާގެ ފެންވަރު ދައްކާލުމަށްފަހު ހަތެއް ހައެއްގެ ނަތީޖާއަކުން މި ސެޓު ކާމިޔާބުކޮށްފަ އެވެ.
ސިންސިނާޓީ އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ސަބަލެންކާ މި މެޗުން މޮޅުވެފައިވަނީ ޖުމްލަ ތިން ގަޑިއިރާއި ނުވަ މިނިޓަށްފަހުގަ އެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ ސްޕެއިންގެ ޖެސިކާ ބޯޒަސް މެނެއިރޯ އެވެ.