ޚަބަރު

21 ބައިވެރިންނާއެކު ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2025 ފަށައިފި


ގައުމީ ބޮޑީބޯޑިންގ ލީގުގެ އެންމެ ފޯރިގަދަ އެއް މުބާރާތް، ލަބެރަ ބޮޑީބޯޑިންގ ޗެލެންޖް ފަށައިފިއެވެ.

5-8 އޮގަސްޓަށް ކުރިޔަށް ގެންދާ މި މުބާރުގައި ޖުމްލަ 21 އެތުލީޓުން ވާދަކުރެއެެވެ.

މާލޭ ސިޓީގެ 8 އެތުލީޓުންނާއި، ފުވައްމުލައް ސިޓީގެ 2 އެތުލީޓުންނާއި ނ. ޅޮހީގެ 3 އެތުލީޓުންނާއި ލ. ގަމުގެ 2 އެތުލީޓުންނާއި ށ. ކަނޑިތީމުގެ 2 އެތުލީޓުންނާއި ނ. މާފަރު އެތުލީޓަކާއި މ ވޭވަށުން ބައިވެރިވާ އެތުލީޓަކާއި ކ. ދިއްފުށީގެ އެތުލީޓެކެވެ.