އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާ ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލަ އޮގަސްޓް 1 ވަނަ ދުވަހުގެ ރޭ 01:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޯށްފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މާލެ / މ. ސްޓާ މުހަންމަދު ރަޒީން 49 (އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.