ޚަބަރު

މައްސަލަ ހައްލުކޮށް، މާލެއާ ހުޅުމާލޭގައި ޚިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް ކަރަންޓުދީފި


މައްސަލަ ހައްލުކޮށް ޚިދުމަތް މެދުކެނޑުނު މާލެއާ ހުޅުމާލޭގެ ސަރަހައްދުތަކަށް ކަރަންޓުދީފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ޚިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށްވެސް މިހާރު އަލުން ކަރަންޓު ދެވިފައިވާކަމަށެވެ.

އަދި ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުމަށް ސްޓެލްކޯއިންވަނީ އެދިލައްވާފައެވެ.

މިރޭ 11:45ހާއިރުން ފެށިގެން މާލޭގެ ބައެއް ސަރަޙާއްދުތަކުން ކަރންޓު ކެނޑިފައިވާތީ ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިންވަނީ މައާފަށް އެދިފައެވެ.