ޚަބަރު

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ


  • ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓުދޭން ފަށާފައި

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާކަމަށާއި، މައްސަލަ ދެނެގަނެ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން މިހާރު ކަރަންޓު ކެނޑިފައިވާ މާލެއާ ގުޅުމާލޭގެ ބައެއް ސަރަޙައްދުތަކަށް އަލުން ކަރަންޓު ދެމުންގެންދާކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިދާޅުވީ މައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާިއރު، ޚިދުމަތް މެދުކެނޑިފައިވާ މާލޭގެ ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންގެންދާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.